ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުމާއި ގުޅޭ:

    ފުވައްމުލަކު ދަޑިމަގު ގްލޭމަރ ގޯއްޗާއި އަބްހާ ގޯއްޗާއި ދެމެދު، ފުވައްމުލަކު ފިނިހިޔާގެ އަޙްމަދު ނާފިޒުއަށް ނަގާދީފައިވާ ގޯތީގައި ނަންބަރު 01، 02، 03، 04، 05، އަދި 06 ޖަހާފައިވާ ރުއްތަކުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

    ވީމާ މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ 2024 ފެބުރުވަރީ 25 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ރުއްގަސް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް މެނޭޖްމެންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

20 ފެބުރުވަރީ 2024
ހޯދާ