މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސްކޫލް ފާޚާނާތައް މަރާމާތުކުރުން

އިޢުލާން

  މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

    މިސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  20 ފެބްރުއަރީ 2024 ން 26 ފެބްރުއަރީ 2024‏‏ ވަނަ ދުވަހުގެ 14:00 ގެ ކުރިން ފިއްލަދޫ ސްކޫލްގެ އޮފީހަށް ވަޑައިގެން ނުވަތަ މިސްކޫލްގެ އީމެއިލް  [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ޚިދުމަތްދޭ ފަރާތުގެ ނަން 
  • ރަޖިސްޓްރީ ނަންބަރު
  • ގުޅޭނެ މޯބައިލް ނަމްބަރ 
  • އިޢުލާނު ނަމްބަރ    

    މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލްގައެވެ.

    މިބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

    ބީލަން ހުށަހެޅުން އޮންނާނީ 05 މާރިޗަ 2024  ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލްގައެވެ. ބީލަން ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

    މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ދުރުވާނަމަ އެކަންބަޔާންކޮށް ވެރިފަރާތުގެ ސިޓީއާއި އެކު އައިޑީ ކާޑް ކޮޕީ ހުށައަޅަންވާނެއެވެ. ބީލަން ހުށައެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

 ފިއްލަދޫ ސްކޫލް/ ހއ. ފިއްލަދޫ          އީމެއިލް :  [email protected]             ފޯން :6500536          

                        10 ޝައުބާން 1445 ހ.  

                        20 ފެބްރުއަރީ 2024 މ.  

20 ފެބުރުވަރީ 2024
ހޯދާ