މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރިޔާދުގެ ގަރާޖު މަރާމާތު ކުރުމަށް އަންދާސީ ހިސާބު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

                   އަތޮޅުކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަރިޔާދުގޭގައި ހަދާފައިވާ ގަރާޖު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

                  ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް އަތޮޅުކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ 11.00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ 11.05 ގައެވެ. އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން އަންދާސީ ހިސާބު ކަނޑާވަގުތު މިއިދާރާއަށް ހާޒިރުވެ ތިއްބެވުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6602522 ފޯނާއި ގުޅުއްވުން އެދެމެވެ.

                     09  ރަޖަބު  1445

19 ފެބުރުވަރީ 2024
ހޯދާ