މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓް

ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓް

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީ.އެސް.އައި.ޕީ) ޕްރޮޖެކްޓްތައް ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރައްވާނެ މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކާ ބެހޭ ލިޔެކިޔުންތަކާއި ޕީ.އެސް.އައި.ޕީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  • ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ސްޓޭންޑަރޑްތައް އެކުލަވާލުން.
  • ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް އިވެލުއޭޓް ކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންކުރާނެ ފްރޭމްވާރކްއާއި ގައިޑްލައިން ތައްޔާރުކުރުން
  • ޕްރޮޖެކްޓް މެނޭޖްމަންޓާ ބެހޭ ސްޓޭންޑަރޑް ގައިޑްލައިންތައް ހަދައި ބެލެހެއްޓުން
  • ޕްރޮޖެކްޓް މެނޭޖްމަންޓަށް ބޭނުންވާ ސަޕޯޓު ދީ އިދާރީ ޓޫލްތައް ބޭނުންކުރަން ދެއްކުން
  • ޕްރޮޖެކްޓް މެނޭޖްމަންޓް ވިލަރެސްކުރާނެ މައި އިންޑިކޭޓަރސްތަކާއި އުސޫލުތައް ދެނެގަތުން
  • ޕްރޮޖެކްޓް މެނޭޖްމަންޓް ގައިޑްލައިންއާ ގުޅޭ ޕަބްލިކޭޝަން ތައްޔާރުކޮށް ބެލެހެއްޓުމުގުގައި ޢަމަލީގޮތުން ބައިވެރިވުން
  • ތައްޔާރުކުރެވިފައިވާ އުސޫލުތައް ސްޓޭކްހޯލްޑަރުންނަށް އަންގައިދިނުމުގެ ގޮތުން ޓްރެއިނިންގތައް ހިންގުން

ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލުކަން:  

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިވެލޮޕްމަންޓް ސްޓަޑީސް، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:  

  • ޕްރޮޖެކްޓް މެނޭޖްމަންޓްގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން
  • ޕްރޮޖެކްޓް މެނޭޖްމަންޓާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިވުމާއެކު ޕްރޮޖެކްޓްތައް ލިޔެ މެނޭޖްކުރަން އެނގުން.

ޝަރުޠު ހަމަވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

- މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު (ގުޅުންހުރި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި، މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުން)

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ އެސެސްމަންޓް ރިޕޯޓް.

ފޮނުވާނީ:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީ މަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯން: 3349335

އީމެއިލް:[email protected]

ސުންގަޑި: 27 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ.

މަސައްކަތުގެ އުޖޫރަ:

  • މި މަސައްކަތައް ކަނޑައެޅިފައި ވަނީ މަހަކު -/25000 ރުފިޔާއެވެ.

އެއްބަސްވުމުގެ މުއްދަތު:

  • މި މަޤާމަށް ހޮވޭ ފަރާތަކާއި މި މިނިސްޓްރީއާ ދެމެދު 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއްދަތު ހަމަވުމުން މަސައްކަތަށް ބެލުމަށްފަހު މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.
13 އޭޕްރިލް 2015
ހޯދާ