ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސެކްރެޓޭރިއެޓް އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކްރެޓޭރިއެޓް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 5

މުސާރަ:

މަހަކު -/6500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2600ރ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

-  މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ،

- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން ފާސްވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 2-1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތައް އެމްޑީސް ބިއުރޯގެ އިރުޝާދާއި އެއްގޮތަށް ޑިޕާޓްމަންޓް ތަކަށް ފޯރުކޮށްދިނުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތައް ފައިލްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ކުންފުންޏަށް ލިބޭ ހުރިހާ ލިޔެކިއުންތައް ސްކޭންކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުން ޖަވާބުދާރީވާންޖެހޭ ލިޔެކިއުންތަކަށް ޑިޕާޓްމަންޓްތަކާއި ވާހަކަދައްކައިގެން ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދާރީވާކަން ކަށަވަރުކުރުން.

- ފޯނަށް ޖަވާބުދާރީ ވުން.

- ކޯޕަރޭޝަންގެ ޔުޓިލިޓީ ޚިދުމަތްތައް ބަރާބަރަށް ލިބެމުންދާކަން ކަށަވަރުކޮށް އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކަމުން ގެންދާކަން ކަށަވަރު ކުރުން.

- އެއްގަމު އުޅަނދުފަހަރުތަކުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ހެޑް އޮފީހަށް ބޭނުންވާ އެންމެހާ މަރާމާތްތަކުގެ އިދާރީ މަސައްކަތް ބެލެހެއްޓުން.

- އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 27 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާރޗް މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                10 ޝަޢުބާން 1445 

20 ފެބުރުވަރީ 2024
ހޯދާ