ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (މެނޭޖަރ – ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

މެނޭޖަރ – ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

މެނޭޖަރ - ގްރޭޑް 01

މުސާރަ:

މަހަކު 12500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5000.00 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ

މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީ ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 05 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ޓްރެއިނިންގ ނީޑް އެނަލިސިސްއަށް ބަލައި، ކުރިޔަށް އޮންނަ އަހަރަށް ބޭނުންވާ ޓްރެއިނިންގ ރިކުޔަރމަންޓް ތައްޔާރުކުރުމުގައި ލަފާ ދީ، އެކަން ކުރުވުން. 

- ޓްރެއިނިންގ ރިކުއަރމަންޓާއި އެއްގޮތަށް ތަމްރީން ހިންގުމަށް އެކިއެކި ފަރާތްތަކާ ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ރާވައި އިންތިޒާމްކުރުވުން.

- ރާއްޖެއިން ބޭރުގެ ޤައުމުތަކުން އަދި މުވައްޒަފުންނަށް ލިބޭ ކޯސް، ވާރކްޝޮޕް އަދި ސެމިނަރތަކަށް ދާނެ ފަރާތްތައް ކަނޑައަޅައި، އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާއި ގުޅޭ ފަރާތްތަކާއި މަޝްވަރާކުރުން.

- ކޯސް އަދި ވާރކްޝޮޕްތަކުގެ އިވެލުއޭޓް ކުރެވޭނެ ނިޒާމު ޤާއިމްކުރުމާއި ލިބުނު މައުލޫމާތު ކޯޕަރޭޝަން އާއި ޙިއްސާކުރުމުގެ އިންތިޒާމު ހަމަޖެއްސުން.

- ކޯޕަރޭޝަންގެ މަސައްކަތްތަކާއި މުވައްޒަފުންނާ ބެހޭ ޤާނޫނުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

- ތަމްރީން ޕްރޮގްރާމްތަކާ ގުޅިގެން ކަރިކިއުލަމްތައް ތައްޔާރުކުރުމާއި، ރިވައިޒް ކުރުމާއި، ތަރުޖަމާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

- މުވައްޒަފުންނާ ބެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަހުން މަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުވުން.

- ސެކްޝަނުން އެކިތަންތަނަށް ފޮނުވަންޖެހޭ ލިޔުންތަށް ކަމާބެހޭ ފަރާތްތަކަށް 3 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމާއި އަދި ކޮންމެ ލިޔުމެއްގެ އަސްލު ކޮޕީ ހަމަޖެހިފައިވާ އުސޫލުން ސްކޭންކޮށް ފައިލްކުރާކަން ކަށަވަރުކުރުން.  

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާރޗް މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                10 ޝަޢުބާން 1445 

20 ފެބުރުވަރީ 2024
ހޯދާ