މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭނުންކޮށްފައިވާ 13 މެޓަލްރެކް ނީލަމުގައި ވިއްކުމާބެހޭ

މިއޮފީހުގައި ބޭނުންކޮށްފައިވާ 13 މެޓަލްރެކްގެ ނީލަންކިޔުން 28 ފެބުރުއަރީ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ކަސްޓަމްސް ހެޑްއޮފީހުގެ 04 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.  ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

        ނީލަމުން ނަންގަވާ ރެކްތައް ރޫޅުމާއި ކަސްޓަމްސްއިން ނެރެގެން އެތަކެތި ގެންދިއުމަކީ ނީލަން ކާމިޔާބު ކުރާ ފަރާތުގެ ޒިންމާއެކެވެ.

        ނީލަން ކާމިޔާބުކުރާ ފަރާތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

        ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ފެބުރުއަރީ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ކަސްޓަމްސް ހެޑްއޮފީހުގެ 04 ވަނަ ފަންގިފިލާއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2024
ހޯދާ