އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު  ނަމްބަރ (7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން، 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި، އދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  • 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުން
  • 2023 ވަނަ އަހަރުގެ މާލީ ރިޕޯޓު ހުށަހެޅުން
  • 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލް އަދި ބަޖެޓު ހިއްސާ ކުރުން

2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު އެޓޭޗްކޮށްފައިއެވަނީއެވެ.

ވީމާ، މިބައްދަލުވުމަށް މަހިބަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

19 ފެބުރުވަރީ 2024
ހޯދާ