ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުކުޅާއި ދޫނި ގެންގުޅުމަށް 02 (ދޭއް) ބިން ކުއްޔަށް ދޫކުރުން.

ވަގުތީ ގޮތުން ކުކުޅާއި ދޫނި ގެންގުޅުމުގެ މަސައްކަތް ކުރުމަށް ފ.ނިލަންދޫ ގަބުރަސްތާނުގެ އިރުން، ނަރުދަމާ ނިޒާމުގެ ހުޅަނގުން އޮތް ސަރަހައްދުން  1200 އަކަފޫޓުގެ 02 ބިން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް 2024 ފެބުރުވަރީ 14 ވީ ބުދަ ދުވަހު ބޭއްވި މިކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 07 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.  މިބިމަށް ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް /70 (ހަތްދިހަ) ލާރިއެވެ.

ވީމާ ބިން ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ފެބުރުވަރީ 25 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ކުކުޅާއި ދޫނި ގެންގުޅުމަށް ފ. ނިލަންދޫ ގަބުރަސްތާނުގެ އިރުން އޮތް 02 ބިން ކުއްޔަށް ހިފުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިންކުއްޔަށް ހިފުމަށް ސިޓީ ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީތައް ބަލައެއް ނުގަނެވޭނެއެވެ.

ދަންނަވަމެވެ. މިބިމަށް އެދި ސިޓީ ހުށަހަޅުއްވާއިރު، ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައި.ޑީކާޑްގެ ސާފު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. ބިން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ޝަޢުބާން 1445

18 ފެބުރުވަރީ 2024

18 ފެބުރުވަރީ 2024
ހޯދާ