ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕެއިޑް އިންޓާރންޝިޕް ފުރުޞަތު

އިޢުލާން

މި އޮތޯރިޓީގައި ޕެއިޑް އިންޓާރނުންގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް އިންޓާރނުން ބޭނުންވެއެވެ.

ޑިޕާޓްމެންޓް

ކޯޑިނޭޝަން އެންޑް މޮނިޓަރިގ

މައިގަނޑު މަސައްކަތް:

  1. ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ދަށުން ބަލަހައްޓާ ޑޭޓާބޭސްއަށް ޑޭޓާ އެންޓްރީ ކުރުން.
  2. ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ މަސައްކަތާއި ގުޅިގެން ތައްޔާރުކުރާ ރިޕޯޓުތައް ހެދުމުގައި އެހީތެރިވުން.
  3. ޑިޕާޓްމެންޓުގެ މަސައްކަތްތަކާއި ގުޅިގެން ޑިރެކްޓަރގެ އިރުޝާދުގެ މަތިން، ސެޝަންތައް ނެގުމުގައި އެހީތެރިވުން
  4. ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ އެހެނިހެން މަސައްކަތުގައި އެހީތެރިވެދިނުން.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޑިޕާޓްމެންޓް

އެޑްވޮކަސީ އެންޑް ރިސާރޗް

މައިގަނޑު މަސައްކަތް:

  1. ގެވެށި އަނިޔާ ހުއްޓުވުމަށް އޮތޯރިޓީން ހިންގާ ހޭލުންތެރިކުރުވުމުގެ އެކި މަސައްކަތްތަކުގައާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހިންގާ މިފަދަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. އޮތޯރިޓީގެ ސޯޝަލް މީޑިއާއަށް އެޑްވޮކަސީ ޕޯސްޓްތަކާއި މިނޫންވެސް ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ތައްޔާރުކުރާ ޕޯސްޓްތައް ހެދުމުގައި ބައިވެރިވުން.
  3. ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ހަރަކާތްތައް ހިންގުން.
  4. އޮތޯރިޓީން އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  5. މަތީގައިވާ ކަންތައްތަކުގެ އިތުރުން ޑިޕާޓްމަންޓްގެ ނުވަތަ އޮތޯރިޓީގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޑިޕާޓްމެންޓް

ކޯޕަރޭޓް އެފެއާރޒް

މައިގަނޑު މަސައްކަތް:

  1. އޮތޯރިޓީގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަންޖެހޭ ސެޝަންތައް ހިންގުމުގެ އިދާރީ މަސައްކަތްތައްކުރުން.
  2. 2023 ވަނަ އަހަރު ތަޢާރަފް ކުރެވުނު ފްލެކްސީ ޕޮލިސީގެ ދަށުން މުވައްޒަފުނަށް ދެވުނު ލުއިތަކާގުޅިގެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް އައި ބަދަލު ދެނެގަތުމަށް ކުރުމަށް ހަމަޖެހިފައިވާ ސާރވޭއާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  3. އޮތޯރިޓީން ހިންގާ ސޯޝަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކާއި ގުޅިގެން ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތަކާއި، ފައިސާއާއި ބެހޭ މަސައްކަތްތަކާއި، ޕްރޮކިއުމަންޓާގުޅޭ މަސައްކަތްތަކާއި، އިދާރީ ހިންގުމުގެ މަސައްކަތްތަކުގައި  އެހީތެރިވެދިނުން.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޝަރުތު:

  • މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައް؛
  • ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ 6 (އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ނުވަތަ 7(ބެޗްލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
  • ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
  • 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ތަޖުރިބާގެ ގޮތުގައި ޑޭޓާ އެންޓްރީ ކުރުން، ރިސާޗް އެކްސްޕީރިއަންސް، ނުވަތަ އިންޓަރން ކުރަންޖެހޭ މައިގަނޑު މަސައްކަތާއި ގުޅުންހުރި އެހެނިހެން ތަޖުރިބާ ބަލައިގަނެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ހަފްތާ އަކު ގިނަވެގެން 48 ގަޑިއިރު.

މުއްދަތު:

  • 3 މަސް ދުވަސް (އިންޓަރންގެ ޕާފޯމަންސްއާއި، މަސައްކަތުގެ ކޮލިޓީއަށް ބަލައި ހަވާލުކުރެވިދާނެ އިތުރު މަސައްކަތްތަކެއް ހުރި ނަމަ، ނުވަތަ ފުރަތަމަ އެއްބަސްވެނު މުއްދަތުގެ ތެރޭގައި ސަބަބުތަކަކާހުރެ ނުނިމި ހުރި މަސައްކަތްތަކެއް ހުރިނަމަ މުޅި އިންޓަރންޝިޕްގެ މުއްދަތު ގިނަވެގެން 6 މަސްދުވަހަށް އިތުރުކުރެވިދާނެ (

އެލަވަންސް:


ތަޢުލީމު

 

މަސައްކަތުގެ ތަޖުރިބާއާ ނުލައި ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

މަސައްކަތުގެ ތަޖުރިބާއާއެކު ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

އޭ ލެވެލް

45

50

ޑިޕްލޮމާ (ލެވެލް 5)

50

55

އެޑްވާންސްޑް ޑިޕްލޮމާ (ލެވެލް 6 / އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)

55

60

ބެޗްލަރސް ޑިގްރީ (ލެވެލް 7)

65

70

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  3. ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަނަވަރު (ކަރިކިއުލަމް ވީޓާ).

 

ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 2024 ފެބުރުވަރީ 29 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު ސުންގަޑީގެ ކުރިން އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

  • ފޯން: 3010551
  • ފެކްސް: 3010552
  • އީ-މެއިލް: [email protected]
  • ވެބްސައިޓް: www.fpa.gov.mv                                                      
  • ފޭސްބުކް:www.facebook.com/fpa.maldives  
19 ފެބުރުވަރީ 2024
ހޯދާ