މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމުންގެ ޕޫލް އެކުލަވާލުން

ވަގުތީ އިމާމުންގެ ޕޫލް އެކުލަވާލުން

ށ. ޅައިމަގު ދެ މިސްކިތުގެ އިމާމުން ޗުއްޓީ އަދި އާއިލީޒިންމާ/ ސަލާމް ބުނުމުން ބަދަލުގައި އިމާމުން ހަމަޖެއްސުމަށް ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

އިމާމު / މުދިމު

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2024 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ށ. ޅައިމަގު ކައުންސިލްގެ އިދާރާ (މަސްޖިދުލް އަޒުހަރު/މަސްޖިދުއްރަޖާއު)

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

ރޭންކް

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު - ޝަރުތު ހަމަވާ (އިމާމް ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު އޮތުން)

GS3

61.00 ރުފިޔާ

މުދިމް - ޝަރުތު ހަމަވާ (ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގިގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން)

GS1

 

53.00 ރުފިޔާ

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ ނަމާދުވަގުތަކަށް މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއެކު، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވައި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލުގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯބެލުން.
  3. ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި ބަންގި ގޮވައި އިމާމުވެ ފަރުޟު ފަސްނަމާދު ކުރުން.
  4. ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  5. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  6. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/Index/51  
  1. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

26 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected]  މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2024 ފެބުރުވަރީ 27 އާއި 2024 މާރިޗް 10 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected]   މެއިލް އެޑްރެހަށެވެ.

19 ފެބުރުވަރީ 2024
ހޯދާ