ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުމާއި 2024 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން

އިޢުލާން

2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރުމާއި 2024 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން

       ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި ވޭތުވެދިޔަ އަހަރުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ ބައްދަލުވުން 07 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

       ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ތިނަދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

19 ފެބުރުވަރީ 2024
ހޯދާ