މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިހާދޫ އިކޯސެންޓްރޯ އިން ބަނދަރަށް ނެއްލާ ކުނިތައް، ކުނިބަލާ އަންނަ އުޅަނދަށް އެރުވުމުގެ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދުން

 ކިހާދޫ އިކޯސެންޓްރޯ އިން ބަނދަރަށް ނެއްލާ ކުނިތައް، ކުނިބަލާ އަންނަ އުޅަނދަށް އެރުވުމުގެ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަސައްކަތް ކޮށްދެވޭނެ އަގު (ކޮޓޭޝަން) 24 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޮޓޭޝަން އާއެކު މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ވާނެއެވެ.

ކުނިތައް އުޅަނދަށް އެރުވުމުގެ މަސައްކަތް ތާވަލް ކުރެވިފައިވަނީ 24 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ. މަސައްކަތް ކުރުމަށް ކަނޑައެޅޭނެ ވަގުތު މިއިދާރާއިން މަސައްކަތާއި ހަވާލުވާ ފަރާތަށް އަންގާނެއެވެ. ވަގުތަށް އަންނަ ބަދަލާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތުން މަސައްކަތް ކޮށްދޭންވާނެއެވެ.

މަސައްކަތާއި ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

19 ފެބުރުވަރީ 2024
ހޯދާ