ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުގެ އިމާރާތެއް ކަމުގައިވާ މ. ގޯލްޑަން ސަންބީމުގައި ހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުގެ އިމާރާތެއް ކަމުގައިވާ މ. ގޯލްޑަން ސަންބީމުގައި ހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 

  1. މ. ގޯލްޑަން ސަންބީމުގައި ހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 19 ފެބްރުއަރީ 2024 ން 22 ފެބްރުއަރީ 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  3. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/ZgM5pTQqxvpVY85M7
  4. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ފެބްރުއަރީ 2024ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 28 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ޕްރޮކިއުމަންޓް ސެކްޝަން

     ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

     އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

     ފޯން:  4003966

     އީ-މެއިލް: [email protected]

 

                                      19 ފެބްރުއަރީ 2024

19 ފެބުރުވަރީ 2024
ހޯދާ