މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ޘަވާބާއި،ދަރުމައަށް އެދިގެން ހިލޭ އެހީގައި މިސްކިތް ބިނާކޮށްދޭ ފަރާތްތަކުގެ އެހީއަށްއެދި

              ރ.އަނގޮޅިތީމުގައިހުރި "މަސޖިދުއްތައާލުފު" (ކުޑަމިސްކިތް) ހުރީ ދުވަސްވުމުގެ ސަބަބުން ބާވެ ބޮޑުމަރާމާތެއް ކުރަން ޖެހިފައެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ބިންގަލުން ފެށިގެން ތެޅިގަލުންކަމަށްވާތީ ފާރުތައްހުރީ ވަރަށްބޮޑަށްބާވެ ހަލާކުވެފައެވެ. މަރާމާތު ކުރާނަމަ ފާރުތައް ނުނަގައި މަރާމާތު ކުރެވެން ނެތުމުން މި މިސްކިތް މަރާމާތުކުރުމަކީ އައު މިސްކިތެއް އެޅުމާއި އެއްވަރުގެ ޚަރަދެއް ހިނގާނެ ކަމެއްކަމެކެވެ. އެހެންކަމުން  މަރާމާތު ކުރުމަށްވުރެ އައު މިސްކިތެއް އެޅުން ރަގަޅުކަމަށް ފެންނާތީ އާއި އެކު މަދުވެގެން 150 މީހުންގެ ޖާގައިގެ އައު މިސްކިތެއް އަޅަން ނިންމައި ހިލޭ ސާބަހަށް މިސްކިތް ޢިމާރާތް ކޮށްދެއްވުމަށް އެދޭ ފަރާތަކުންގެ އެހީއަށްއެދި، އެފަދަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި މިސްކިތުގެ ބަދަލުގައި އެހެންމިސްކިތެއް ބިނާކުރަންޖެހޭ ސަބަބަކީ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މިސަރަހައްދުގައި ކަމަށްވެފައި ބަނދަރާއި ކައިރިވުމުން ދަތުރުވެރިން ނަމާދަށް އަރާއުޅުމަށްވެސް ފަސޭހަވާތީއެވެ.

              ވީމާ، ބަޔާންކޮށްފައިވާ  ޖާގައިގެ އައު މިސްކިތެއް އަޅުއްވައި ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ލިޔުމަކުން އަންގަވާލަދެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ބޭފުޅުންނާއި ގުޅުއްވައިގެން ޝައުޤުވެރިކަން ފައުޅުކުރެއްވުން އެދި ދަންނަވަމެވެ.

  1. ފައިޞަލް ނަސީމް ކައުންސިލްގެ    ރައީސް:  9108888
  2. މުޙައްމަދު ސާހީން ކައުންސިލްގެ ނައިބުރައީސް:  7775791
  3. ފާތިޙް ޢަލީ         ސެކްރެޓަރީ ޖެނަރަލް:  7862114
19 ފެބުރުވަރީ 2024
ހޯދާ