ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ރިސެޕްޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގެ ރިސެޕްޝަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

            އަންދާސީ ހިސާބު ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 28 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 09:00 ގެކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ މަޢުލޫމާތުތައް އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

  • ކުންފުނީގެ ނަން.
  • ގުޅޭނެ ފަރާތެއްގެ ނަން.
  • ގުޅޭނެ ފޯނު ނަންބަރު.
  • އީމެއިލް އެޑްރެސް.

ރަޖިސްޓްރީ ނުވާފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

19 ފެބުރުވަރީ 2024
ހޯދާ