އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ

އިޢުލާން

ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ

              ޤާނޫނު ނަންބަރ 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިގުޅޭ ޤާނޫނުގައިވާ ގޮތުގެ މަތީން ކޮންމެ އަހަރެއްގެ ފެބުރުވަރީމަހު ރަށު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ވޭތުވެދިޔަ އަހަރުގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު އަދި ކުރިއަށް އޮތް އަހަރު ކުރަން ރާވާފައިވާ ކަންކަމާއިގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވަން ލާޒިމްކުރާ ބައްދަލުވުން، މި ފެބުރުވަރީ މަހުގެ 26 ވާ ހޯމަ ދުވަހުރޭ 20:15 ގައި އޮންނާނެއެވެ. އެހެންކަމުން، މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.

މި ބައްދަލުވުމުގައި ރަށު ތަރައްޤީއާއި ބެހޭ ގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ކުރަން ރާވާފައިވާކަންކަމާއި އަދި އެކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުންވެސް އޮންނާނެއެވެ.

             އަދި ދަންނަވަމެވެ. މި ބައްދަލުވުމުގައި މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ކަންކަމާއި އެކަންކަމުގެ ޚަރަދުވީ ގޮތުގެ ޙުލާސާ ރިޕޯޓްވެސް ހުށައެޅުން އޮންނާނެއެވެ. އަދި މި ކައުންސިލްގެ އަހަރީ ރިޕޯޓާއި ބަޖެޓް ރިޕޯޓް އަދި މި ބައްދަލުވުމުގެ އެޖެންޑާ މިއިދާރާގެ ވެބްސައިޓުގައި އާންމުކުރެވުފައިވާ ވާހަކަވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

            ކައުންސިލުން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރުއަދާކުރަމެވެ.

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                     8 ޝަޢުބާން 1445ހ.

                     18 ފެބުރުވަރީ 2024މ.

 

18 ފެބުރުވަރީ 2024
ހޯދާ