މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު- ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" ގެ ނަމުގައި 2024 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހޭންޑް ބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސް ކުރުމުގެ އުޞޫލުގައިވާ ގޮތުގެ މަތިން އައުޓްސޯސް ކޮށްގެންނެވެ.

            އެހެންކަމުން މި މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

      ވީމާ "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ފެބުރުވަރީ 25 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގެ ވެލިޑިޓީ ޕީރިއަޑަކީ މަދުވެގެން 60 ދުވަސް ކަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބާއެކު، ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

18 ފެބުރުވަރީ 2024
ހޯދާ