އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލަބް ޖަމިއްޔާތަކާއި ގުޅިގެން ކައުންސިލުން ހިންގުމަށް ކަނޑައަޅާފައިވާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމާބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ކްލަބް ޖަމިއްޔާތަކާއި ގުޅިގެން ކައުންސިލުން ހިންގުމަށް ކަނޑައަޅާފައިވާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމާބެހޭ

ކައުންސިލްގެ ދީނީ މުޖްތަމައެއް ބިނާ ކުރުމުގެ ސިޔާސަތުގެ ތެރެއިން ކްލަބް ޖަމިއްޔާތަކާއި ގުޅިގެން ހިންގުމަށް ކަނޑައަޅާފައިވާ ދީނީ ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލްގެ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ޢާންމުކޮށްފައިވާ ވާނެއެވެ.

ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ފެބުރުވަރީ 2024ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ. އީ-މެއިލް ކުރަށްވާނަމަ، މެއިލްކުރަށްވާނީ މިއިދާރާގެ އީމެއިލް[email protected]  އަށެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކީވާނީ ޢާންމު ކުރެވިފައެވެ.
  • މި މަސައްކަތް ކުރުމަށް ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.
  • ފޯމާއެކު ކްލަބް ޖަމިއްޔާގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ފެބުރުވަރީ 2024ވާ ބުދަ ދުވަހުގެ 13:15ގައި ކައުންސިލްގެ މީޓީންގ ހޯލުގައެވެ.  
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ފެބުރުވަރީ 2024ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީ ހިސާބު ހުށައެޅުން

 

  • ޕްރޮޕޯސަލް ބަލާގަތުމާއި ހުޅުވުން އޮންނާނީ 27 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           08 ޝަޢުބާން 1445

                          18 ފެބުރުވަރީ 2024                 

18 ފެބުރުވަރީ 2024
ހޯދާ