ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ ތިރީގައި މިދަންނަވާ މޮޑިއުލްތަކަށް ލެކްޗަރަރއިން ބޭނުންވެއްްޖެ.
ބޭނުންވާ އަދަދު :1

ކޯހުގެ ނަން: ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް

މުސާރަ: 

- މި ކޯހަކީ ކޯޕްރޭޓް އުސޫލުން ހިންގާ ކޯހަކަށް ވުމާއިއެކު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކިޔަވައިދޭ ކޮންމެ ގަޑިއިރަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)ގެ މަގުން ފައިސާ ދެވޭނެއެވެ.

- މީގެ އިތުރުން ކިޔަވަދޭ މޮޑިއުލްއިން ދަރިވަރުން އެސެސްކުރުމަށްޓަކައި ނަގާ އިމްތިހާނުތަކުގެ މާކުކުރާ ކޮންމެ އިމްތިހާނު ކަރުދާހަކަށް އަދި ކިޔަވަދޭ މޮޑިއުލްއިން ދަރިވަރުން އެސެސްކުރުމަށްޓަކައި މާކުކުރާ ކޮންމެ އެސައިންމެންޓަކަށް -/35ރ (ތިރީސް ފަސް ރުފިޔާ)ގެ މަގުން ފައިސާ ދެވޭނެއެވެ.

މޮޑިއުލް: 

- ސެކިޔުރިޓީ އޮފް އެސެޓް ( 21 މާރިޗް 2024 އިން 25 އޭޕްރީލް 2024)

ޝަރުތު:

- ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީ ހާސިލް ކޮށްފައިވުން.

މަސައްކަތް ކުރުމަށް ކަނޑައެޅިފައިފައިވާ ވަގުތު:

- ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ 16:30 ން 22:00 އަށް 

ސުންގަޑި:

މޮޑިއުލް ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ސިޓީއަކުން ނުވަތަ އީމެއިލްގެ ޒަރީއާއިން ސީ.ވީއާއިއެކު މި ކޮލެޖުގެ އީ-މެއިލް އެޑްރެސް [email protected] އަށް 2024 މާރޗް 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.

ނޯޓް: މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ގުޅުއްވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަހީދު (ފޯން ނަންބަރ: 9921071) އާއި އެވެ.

18 ފެބްރުއަރީ 2024

18 ފެބުރުވަރީ 2024
ހޯދާ