ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުން 2024

ނަންބަރ: (IUL)258/258/2024/24       

 

އިޢުލާން

 

ރައްޔިތު ބައްދަލުވުން: 2024

 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 7/2010 ގެ 110 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން ފެބުރުވަރީ މަހު ބާއްވާ ބައްދަލުވުން 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި އޮންނާނެއެވެ. މިބައްދަލު ވުމުގައި ރައްޔިތުންނާ ހިއްސާ ކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، 2024 ވަނަ އަހަރަށް ކަނޑައެޅުނު ކައުންސިލްގެ  މަސައްކަތު ތާވަލާއި ގުޅޭތޮތުންނެވެ.

 ވީމާ، މިބައްދަލު ވުމުގައި ހަނިމާދޫގެ ވީހާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.

08  ޝަޢުބާން  1445

18  ފެބުރުވަރީ  2024

18 ފެބުރުވަރީ 2024
ހޯދާ