ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑި ހަރުގެވަޅުތަކުން ބޭރުގައި ބެހެއްޓިފައިވާ ތަކެތި ނެގުމާއި، ޤަވާއިދާ ޚިލާފަށް ބަންނަމުންދާ އުޅަނދުތަކުގެ ވެރިން ހޯދުން.

     ރަށުގެ އެކި ސަރަހައްދު ތަކުން ދޫކުރެވިފައިވާ ހަރުގެވަޅުތަކުގެ ބޭރުގައި ފައިބަރުން ހަދާފައިވާ މޯޑުތަކާއި، ޤަވާއިދާ ޚިލާފަށް ބެހެއްޓިފައިވާ ތަކެތި ގިނަ އަދަދަކަށް ބެހެއްޓިފައިވާކަން ވަނީ މިކައުންސިލަށް ފާހަގަކުރެވިފައެވެ. އަދި އެއްވެސް ހުއްދައެއް ނެގުމެއް ނެތި ހަރުގެވަޅުތަކުގެ ބޭރުގައި ޤަވާއިދާ ޚިލާފަށް ފައިބަރުން އުޅަނދުފަހަރު ބަނުމުގެ މަސައްކަތް ކުރަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މިކަންކަމަކީ، މިކައުންސިލުން އާންމުކޮށްފައިވާ ހަރުގެ ވަޅު އުސޫލާއި އަދި އޮޑިހަރުގެވަޅު ދިނުމުގެ އެއްބަސްވުންތަކާއި ޚިލާފަށް ކުރަމުން އަންނަ ކަންކަމެވެ.

     ވީމާ، ހަރުގެ ވަޅުތަކުގެ ބޭރުގައި ޤަވާއިދާ ޚިލާފަށް ބެހެއްޓިފައިވާ ތަކެއްޗާއި، ބަންނަމުންދާ އުޅަނދުފަހަރު، އެތަކެތީގެ ވެރިން، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ނަގައި، ތަން ސާފުކުރުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނަގާފައިނުވާ ތަކެއްޗަކީ، ވެރިއަކު ނެތް ތަކެތީގެ ގޮތުގައި ކަނޑައަޅައި، މި ކައުންސިލަށް ފެންނަ ގޮތެއްގެ މަތިން  އެތަކެއްޗާމެދު ޢަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ފެބުރުވަރީ 2024
ހޯދާ