މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
މުކުރިމަގު ސްކޫލްގެ 2024 ވަނަ އަހަރަށް ކުރަންޖެހޭ މަރާމަތުތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

  1. މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2024 ވަނަ އަހަރު މި ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ފެބުރުވަރީ 2024  އިން 27 ފެބުރުވަރީ 2024  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 28 ފެބުރުވަރީ 2024  ވާ ބުދަ ދުވަހު 13:00 ގައި މުކުރިމަގު ސްކޫލް އޮފީހުގައި އޮންނާނެއެވެ.
  5. ބިޑް ހުޅުވުން އޮންނާނީ  04 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލް އޮފީހުގައެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މުކުރިމަގު ސްކޫލް

ސޯސަން މަގު، ލ.ގަން، ދިވެހިރާއްޖެ

ފޯން: 7970739

މެއިލް އެޑްރެސް: [email protected]

18 ފެބުރުވަރީ 2024
ހޯދާ