މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 19 އޭޕްރިލް 2015 09:23 ގައި ބާތިލް ކުރެވިފައެވެ.


މިކައުންސިލް އިދާރާއަށް 5 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ( އެޓޯލް ޕޯސްޓް ބިލްޑިންގ، 01 ވަނަ ފަންގިފިލާއަށް ) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

19 ޖުމާދަލްއާޚިރާ 1436

08 އޭޕްރިލް 2015
ހޯދާ