މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2024 ފެބްރުވަރީ 19 އިން 20 އަށް ޅ.މާފިލާފުށީގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ފެބުރުވަރީ 19 އިން 20 އަށް، މިއން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ޅ.މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ޅ.މާފިލާފުށީގެ އިރު ދެކުން 4600 މީޓަރ ދުރުމިނަށެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

15 ފެބުރުވަރީ 2024
ހޯދާ