ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2024

 ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމުތައް ކަމުގައިވާ ބާ ކައުންސިލުގެ ރައީސްގެ މަޤާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 17 މާޗް 2024 ވާ އާދިއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށެވެ. މި ތަކެތި ބަލައިގަންނާނީ 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށެވެ.

(ހ) ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ ޤާނޫނީ ވަކީލެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ. 

  1. ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން؛ 
  2. ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛ އަދި 
  3. ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން. 

 

(ށ) ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  2. ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  3. ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.  

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ކުރިމަތިލުމަށް އެދޭފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަން ވާނެއެވެ.

1)       އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު

2)       އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ؛

3)       ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު؛

4)       އިންތިޚާބަށް ކުރިމަތިލާމީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ (JPEG ފޯމެޓުގައި)) ސޮފްޓް ކޮޕީއެއް.)؛

5)       އިންތިޚާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މަޢުލޫމާތު ޝީޓު؛ އަދި

6)       އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/5,000 (ފަސްހާސް ރުފިޔާ).

 

 ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 17 މާޗް 2024 ވާ އާދީއްތަ ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލްގެ ވެބްސައިޓް maldivesbarcouncil.org އިން ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

15 ފެބުރުވަރީ 2024
ހޯދާ