އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ފޭދޫ އަވަށުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރު ނެގުމާއި ގުޅޭ

އިޢުލާން

 

  އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު(IUL)426-AE/426/2024/62:  (05 ފެބުރުވަރީ 2024) އިޢުލާން އާއި ޙަވާލާދީ ދަންނަވަމެވެ.

              ޙަވާލާދެވުނު އިޢުލާންއާއިއެކު އާންމު ކޮށްފައިވާ "ފޭދޫ އަވަށުން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް" ކެޓެގަރީ "A" އަދި "B" ގައި ހިމެނޭ ފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް ގުރުއަތުނެގުން 18 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ފޭދޫ ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

        * ކެޓެގަރީ Aގެ ޝުމާރު ނަންބަރު 01 ން 270 އަށް

           * ކެޓެގަރީ Bގެ ޝުމާރު ނަންބަރު 01 ން 30 އަށް

           ގުރުއަތުނެގުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ. ވަޑައިގެންނެވުމަށް ޢުޛުރުވެރިވެލައްވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވާނަމަ ސަބަބު ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑު ކޮޕީ، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނަންވާނެއެވެ.

           އަދި ދަންނަވަމެވެ. ކެޓެގަރީ A ގެ ޝުމާރު ނަންބަރު 271 އަދި ކެޓެގަރީ B ގެ ޝުމާރު ނަންބަރު 31އިން ފެށިގެން ހުރި ފަރާތްތަކުގެ ގުރުއަތުނެގޭނެ ތާރީޚު ފަހުން އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޝަޢުބާން 1445

15 ފެބުރުވަރީ 2024 

15 ފެބުރުވަރީ 2024
ހޯދާ