މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާފަރުގެ އިރުން ޤާއިމުކުރެވުނު ކަނދުފަތީގެ މަޢުލޫމާތާއި ބެހޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ނ. މާފަރުގެ އިރުން ވަދުމަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަމާޒުކުރައްވައިގެން ކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކަނދުފައްޗެއްވަނީ ޤާއިމުކޮށްފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރީގައި މިކަނދުފަތި ފަރުމާކޮށްފައިވަނީ ދުރަށް އަލި ފެންނަ ބައްތިތަކާއި، ކަނދުފަތި އޮތްތަން ދެނެގަތުމަށް އުޅަނދުފަހަރުތަކަށް ބޭނުންކުރެވޭ ފަދަ "ރޭޑަރ ރިފްލެކްޓަރ" އަކާއެކުއެވެ. އަދި މި ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަންކުރާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަވާނޭފަދަ ގޮތަށް އަދި ނުލުގެ އުދަރެހާއި އެކު ހޯދަން ފަސޭހަވާގޮތަށް ރީނދޫ ކުލައިގައި ޤާއިމުކޮށްފައިވާ ކަނދުފަތިތަކެއް ކަމުގައި ދެންނެވީމެވެ. އަދި މިފަދަ ކަނދުފަތިތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކުރައްވައިގެން ބުރަ މަސައްކަތަށްފަހު ޤާއިމުކުރައްވާ ތަކެތި ކަމުގައިވާތީ، ކަނދުފައްޗަށް ސަމާލުވެ ބެލެހެއްޓުމަށާއި، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކުރައްވާ މިނިސްޓްރީ އޮފް ފިޝަރީޒްއަށް އެންގެވުން އެދެމެވެ.

މިގޮތުން ކަނދުފަތި ކަނޑައިގެން ގޮސްފިނަމަ، ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވިފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި އަދި ބޮޔާއިއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްސީލްގެ މައުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒްއަށް އަންގަވައިދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ކަނދުފައްޗާއި ގުޅޭގޮތުން މުޢާމަލާތް ކުރައްވާއިރު ކަނދުފަތި ޤާއިމްކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރ ބޭނުން ކުރެއްވުމަކީ ކަނދުފަތި ދެނެގަތުމުގައާއި ކަނދުފަތި މަޢުލޫމާތު ހޯދުމުގައި މިނިސްޓްރީއަށް ނުހަނު ފަސޭހަވެގެންދާނެ ކަމެއްކަމުގައިވެސް ދެންނެވީމެވެ.ކަނދުފަށްޗާއި ބެހޭ މަޢުލޫމާތު

  • ކަނދުފަތި ޤާއިމުކުރި ތާރީޙް:     06 ފެބްރުއަރީ 2024
  • ކަނދުފަތި ޤާއިމުކުރި ސަރަޙައްދު : ނ. މާފަރުގެ އިރުން 8.5 މޭލު ބޭރު
  • ކަނދުފަތި ނަންބަރު:          E10D01-01
  • ޕޮޒިޝަން: 05 ދަރަޖަ 49 މިނެޓް 52 ސިކުންތު،އުތުރު އަރުޞު (05°49’52”N )

           73 ދަރަޖަ 37 މިނެޓް 32 ސިކުންތު،އިރު ތޫލު (73°37’32”E)

  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

04   ރަޖަބު        1445

14   ފެބްރުއަރީ      2024                                                                          

14 ފެބުރުވަރީ 2024
ހޯދާ