މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިޔުން

މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ގިނަ ދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ކުންފުނީގެ ކާގޯ ޑިޕާޓްމަންޓް އޮފީހަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރަން ހަމަޖެހިފައިވަނީ 20 ފެބްރުއަރީ އަދި 21 ފެބްރުއަރީ 2024 ވާ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 10:00އިން މެންދުރުފަހު 15:00 އަށެވެ. އަދި ނަން ނޯޓް ކުރެއްވުމަށް ދުރުވާއިރު އައިޑީ ކާޑު ކޮޕީއެއް (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އައިޑީ ހިމެނުމަށްފަހު) ހުށަހެޅުއްވުން އެދެމެވެ.

ނީލަން ކިއުން އޮންނާނީ 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އިން 15:00 އަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 18 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓް އޮފީހުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން 15:30 އަށެވެ.

ނީލަމުން ނަގާ މުދާ 04 މާރިޗު 2024 ވަނަ ދުވަހުގެ 23:00 ގެ ކުރިން މުދާ ނެންގެވި ފަރާތުން އެމުދަލެއް ނީލަމުގައި ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް ދެއްކުމަށްފަހު ކްލިއަރ ކުރަންވާނެވެ. މުދަލައްވާ ފައިސާ ދެއްކުމަށްފަހު ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖާއި އެކު 07 މާރިޗު 2024 ވަނަ ދުވަހުގެ 23:00ގެ ކުރިން ނެރެންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.

15 ފެބްރުއަރީ 2024

15 ފެބުރުވަރީ 2024
ހޯދާ