މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށީ ކައުންސިލްގެ 1 ވަނަ ބަންގި މުބާރާތް (1445) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ހިންމަފުށީ ކައުންސިލްގެ  1 ވަނަ ބަންގި މުބާރާތް (1445) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

           ސްކޫލްޢުމުރު ފުރާތަކުގެ ދަރިވަރުންގެ ހިތްތަކުގައި އިމާމުވެ ނަމާދުކުރުމާއި އަދި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް އެކަންކަމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ބަންގި މުބާރާތް 14 މާރޗް 2024 ން 15 މާރޗް 2024 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް އޮންނާނީ ޤުރްއާންމުބާރާތާއި އެކު އެކީގައެވެ. 

           ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 22 ފެބްރުއަރީ 2024 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށި ސްކޫލް އިދާރާއިންނެވެ.  

           މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ. އަދި މިމުބާރާތަކީ  މިފަދަ ކަމަކަށް ބޭއްވޭ ފުރަތަމަ މުބާރާތް ކަމަށްވާތީ ދަރިވަރުން ބައިވެރިކުރުވުމުގެ މައްޗަށް ބެލެނިވެރިންގެ ފުރިހަމައެއްބާރުލެއްވުން ދެއްވުމަކީ މިކައުންސިލްގެ އެދުމެކެވެ.  

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2024
ހޯދާ