ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕޮލިސީ މެނޭޖަރ

މަގާމު:                  

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް: 

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރު އިނާޔަތްތައް:

ޕޮލިސީ މެނޭޖަރ / JN-26

1 (އެކެއް)

ދާއިމީ

DMT 4-1

ޕޮލިސީ އެންޑް ޕްލޭނިންގ  

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މަހަކު 10035.00ރުފިޔާ

މަހަކު 4014.00 ރުފިޔާ

މަހަކު 4515.75 ރުފިޔާ

1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާ ގުޅޭގޮތުން، ގަވާއިދުތަކާއި އުސޫލުތަކާއި ޕްލޭންތައް ހަދައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ކާރިސީހިރާސް ކުޑަކުރުމަށް އެކުލަވާލާފައިވާ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އިސްތިރާޖީތަކުގައި އެއްބަސްވެފައިވާ ކަންތައްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ކާރިސާއާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ހެދިފައިވާ އެކިއެކި އުޞޫލުތަކާއި ޤަވާއިދުތަކާއި ގުޅޭ ކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އަދި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަނަލް ޕްލޭން އެކުލަވާލުމާއި، މުރާޖާ ކުރުމާއި ތަންފީޒު ކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އެން.ޑީ.އެމް.އޭގެ ފަރާތުން ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނާއި ކާރިސާތަކާއި ގުޅޭ އެހެނިހެން އުޞޫލުތަކާއި އެއްގޮތަށް ދަޢުލަތުގެ އެކިއެކި މުއައްސަސާތަކާއި އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާ މިންވަރުން ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާތަކަށް އިޖާބަ ދިނުމަށާއި، މީހުން ސަލާމަތް ކުރުމަށާއި ރިލީފު އެހީ ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން ތިމާގެ މައްޗަށް ހުރި މުވައްޒަފަކު އަންގަވާގޮތުގެ މަތިން ކުރުން.
  7. އޮތޯރިޓީގެ ފަރާތުން ރާވާ ހިންގާ ޕްރޮގްރާމްތަކާއި ޓްރޭނިންތަކާއި އަތޮޅުތެރޭގައި ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  8. ބޭރުގެ އެހީލިބިގެން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި މަޝްރޫޢުގެ ތެރެއިން ހިންގުމަށް ހަވާލުކުރެވޭ ހަރަކާތްތައް ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޒިންމާދާރުކަމާއިއެކު ކުރުން.
  9. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތައް ރާވާ ހިންގުމަށް ބޭނުންވާނޭ  އެހީތެރިކަން ދިނުން އަދި ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް  އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  10. ރާއްޖެއާއި ރާއްޖޭން ބޭރުގައި އޮންނަ ޑިޒާސްޓަރ މެނޭޖްމަންޓާ ގުޅޭ ފޯރަމްތަކާއި، ވޯކްޝޮޕް ސެމިނަރ ތަކުގައި ބައިވެރިވެ ލިބޭ ފުރުޞަތުތަކުގައި ދާއިރާ ތަމްސީލު ކުރުން.

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ ސޯޝަލް ސަރވިސަސް، ޕޮލިސީ ސްޓަޑިޒް ، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް, އިންޓަރނޭޝަނަލް ރިލޭޝަންސް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ ސޯޝަލް ސަރވިސަސް، ޕޮލިސީ ސްޓަޑިޒް ، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް, އިންޓަރނޭޝަނަލް ރިލޭޝަންސް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ    

    (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 

  7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމުތަކަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 25 ފެބްރުވަރީ 2024 ވާ އާދީއްތަ  ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  04-08 މާރިޗު 2024 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

15 ފެބުރުވަރީ 2024
ހޯދާ