ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ ފާހާނާއެއް އެޅުމާއި އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވޭ.

            އިޢުލާން ނަންބަރ:GS91/IUL/2024/03

 

އިއުލާން

        

މި ސްކޫލުގެ ފާހާނާއެއް އެޅުމާއި އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވޭ.

އަމިއްލަ ތަކެތީގައި މި ސްކޫލުގެ އޮފީސް ފާހާނާއެއް އެޅުމާއި އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2024 ފެބުރުއަރީ 21 ވާ ބުދަދުވަހުގެ 13:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.

މައުލޫމާތު ސާފް ކުރެއްވި ފަރާތްތަކުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ފެބުރުއަރީ 28 ވާ ބުދަދުވަހުގެ 13:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

 ވީމާ،މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

15 ފެބުރުވަރީ 2024
ހޯދާ