ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުގެ އެކަމަޑޭޝަން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          މި ކައުންސިލުން ކުރި ޢިއުލާން ނަމްބަރ  (IUL)249-M/249/2024/11 އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީވެ އެ ޢިއުލާން ބާތިލްކޮށް އަލުން އަގު ހުށައެޅުމަށް ހުޅުވާލަމެވެ.          

1445 އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޒުގެ ތިރީގައި ބަޔާންކުރާ އިންތިޒާމްތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ހުރުން (އޭސީ ރޫމް) ، ބޭނުންވާ އަދަދު 1 ކޮޓަރި
  • ކެއުން (ރޯދަ ވީއްލުން، ރޭގަނޑު ކެއުން، ހާރު ކެއުން)
  • ދޮވެ އިސްތިރިކޮށް ދިނުމާއި ކޮޓަރި ފޮޅާ ސާފުކޮށް ދިނުން.
  • ކޮޓަރިއަށް ފްރީ ވައިފައި ޚިދުމަތް ލިބުން.
  • ކޮޓަރި ހަމަޖައްސަވާ ފަރާތަކުން ކެއުމުގެ އިންތިޒާމް ހަމަޖައްސަވަން ވާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާގެ ކައުންޓަރުން އަގު ހުށައަޅުއްވާ ފޯރމް ނެންގެވުމަށްފަހު 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލަށް ވަޑައިގެން އަގު ހުށައެޅުއްވުމަށް ދަންނަވަމެވެ.

15 ފެބުރުވަރީ 2024
ހޯދާ