ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، ސްޕަވައިޒަރ (ހދ.ފިނޭ ބްރާންޗް)

ނަންބަރު:FNK/A/IUL/2024/22   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހދ.ފިނޭ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޔުޓިލިޓީ ސަރވިސަސް  

ޑިޕާޓްމަންޓް:

ހދ.ފިނޭ ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

5350ރ. (ފަސްހާސް ތިންސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، އެމް.އެސް 1 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން،

(ބ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ފެން ޕްލާންޓް ރޫމް އަދި ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން. (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ފެން ޕްލާންޓުން އުފައްދާ ފެނުގެ ފެންވަރު (ކޮލިޓީ) ބެލުމަށްޓަކައި މަހަކު އެއްފަހަރު ފެނުގެ ސާންޕަލް މާލެ އަށް ފޮނުވައިގެން ތަހްލީލް ކުރުން.
  • ސްވަރޭޖް އަދި ވޭސްޓްމެނޭޖްމަންޓު ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • އިންޖީނުގެ ހިންގުމާއި ޙަވާލުވެ ހުންނެވި  ވެރިއެއްގެ ލަފާމަތީން ރަށުގެ  ރައްޔިތުންނާއި އެހެނިހެން  ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، ސަވަރެޖް އަދި ވޭސްޓްމެނޭޖްމަންޓު ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓެމުން ގެންދޭތޯ ބަލައި ޗެކްކުރުން.
  • ރަށުގެ ކުރިއެރުމާއި  ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން  ފޯރުކޮށްދޭ  ޚިދުމަތްތައް ފުޅާކުރުމަށް  ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޚިޔާލުހޯދުމަށް އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފާމަތީން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
  • އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި  އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ، މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
  • ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ  ބައްދަލުވުމުގެ  ޔައުމިއްޔާ  ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • އޮފީހުގައި ބޭނުންކުރަމުން  ގެންދާ އެންމެހާ  އިކުއިޕްމަންޓްތައް ރަނގަޅަށް  މެއިންޓެއިން ކުރަމުން  ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
  • އިދާރީ މުވައްޒަފަކު ޗުއްޓީނަންގަވާފި ނަމަ އެމުވައްފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
  • އޮފީހުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިއުންތައް  ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދިއުމަށް އެހީތެރިވުމާއި، އެކަންކަން ބަލާޗެކު ކުރަމުން ގެންދިއުން.
  • ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި  ގުޅޭގޮތުން ބޭނުންވާ  ކަންކަން ބަލާ  އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
  • ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް  ފޯރުކޮށްދޭ ޙިދުމަތްތަކުގެ  ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ  މަސައްކަތްތަކާއި، އަދި އިދާރީ  އެންމެހައި  މަސައްކަތް ތަކުގައި  ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • އިންޖީނުގެއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް  ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ސްޕަވައިޒަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ބިލްޑިންގް މެއިންޓެނެންސް

ޑިޕާޓްމަންޓް:

ހދ.ފިނޭ ބްރާންޗް

މަސައްކަތް ކުރާތަން:

5200ރ. (ފަސްހާސް ދުއިސައްތަ ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރިނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުތު ފުރިހަމަވެ އެ ރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،

(ޅ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އޮފީހަށް ލިބޭ ސިޓީ ފަދަ ތަކެއްޗައް އަޅަންޖެހޭ ފިޔަވަޅު އޮފީސް ހިންގަވަންހުނަ ވެރިއެއްގެ މަޝްވަރާގެ ދަށުން އަޅަމުން ގެންދިއުން.
  • ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތް ރަސްމީގަނޑީގައި ނިންމުމަށް ބާރު އެޅުމާއި މިގޮތުގެމަތީން ނިންމަންޖެހޭ ކަމެއް ނުނިމިއޮތްނަމަ އެކަމެއް ޤަވާޢިދުން އިތުރުގަޑީގައި މުވައްޒަފުން ނެރެގެން ކޮށް ނިންމުން. އަދި މުވައްޒަފުންނާއި، ޙަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގައި އެހީތެރިވެ އެއްބާރުލުމާއި، ގުޅިގެން މަސައްކަތްކުރުން.
  • އިންޖީނުގެއިން ފޮނުވަންޖެހޭ ހުރިހައި  ރިޕޯޓްތަކެއް ފޮނުވަންޖެހޭ  ފަރާތްތަކަށް ފޮނުވުމާއި، އޮފީހުގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ކަމާއިބެހޭ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަމުން ގެންދިއުން.
  • އާންމުން އަދި އެހެނިހެން ފަރާތްތަކުން އިންޖީނުގެއަށް  ހުށައަޅާ ތަފާތު  މައްސަލަތައް އެވަގުތަކު އޮފީސް ހިންގަވަންހުރި ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.                          
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން  ފޯރުކޮށްދޭ  ޚިދުމަތްތައް ފުޅާކުރުމަށް  ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
  • އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި  އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް، ސިޓީ، މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
  • ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ  ބައްދަލުވުމުގެ  ޔައުމިއްޔާ  ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • އޮފީހުގައި ބޭނުންކުރަމުން  ގެންދާ އެންމެހާ  އިކުއިޕްމަންޓްތައް ރަނގަޅަށް  މެއިންޓެއިން ކުރަމުން  ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
  • ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި  ގުޅޭގޮތުން ބޭނުންވާ  ކަންކަން ބަލާ  އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
  • ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ  މަސައްކަތްތަކާއި، އަދި އިދާރީ  އެންމެހައި  މަސައްކަތް ތަކުގައި  ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • ބްރާންޗްއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް  ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކަރަންޓްގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހަ ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
  • މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
  • ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
  • ކުއްލި ޙާލަތްތަކުގަ އާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހދ.ފިނޭ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

5 ޝަޢުބާން 1445

15 ފެބްރުއަރީ 2024

15 ފެބުރުވަރީ 2024
ހޯދާ