ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހޯލް އިމާރާތުގެ ކްލާސްރޫމްތަކުގައި ހުރި ލަކުޑި ދޮރާއިދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލް ހޯލް އިމާރާތުގެ ކްލާސްރޫމްތަކުގައި ހުރި ލަކުޑި ދޮރާއިދޮރުފަތް އެލްމިނިއަމް ދޮރާއި ދޮރުފަތަށް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2024 އިން 25 ފެބްރުއަރީ 2024 އަށް ބަންދުނޫން ދުވަސްތަކުގައި 8:00 އިން 14:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ނަންނޯޓު ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  26 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސްކޫލުގައެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 05 މާރޗް 2024 ވަނަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސްކޫލުގައެވެ. މި އިޢުލާނާއެކު ބީލަންފޮތް އަދި ބީލަން ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މައުލޫމާތު ސާފުކުރެއްވުމަށް

ފޯން : 6860002

އީ.މެއިލް : [email protected]

 

05 ޝައުބާން 1445

15 ފެބްރުއަރީ 2024

15 ފެބުރުވަރީ 2024
ހޯދާ