ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޞޫލުތައް އިސްލާޙް ކުރުން

އުޞޫލުތައް އިސްލާޙް ކުރުން:

ގއ. ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި، ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލު އިސްލާޙް ކުރުމަށް 13 ފެބްރުއަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދަޢުރުގެ 142 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. މި ގޮތުން ކައުންސިލްގެ 04 ވަނަ ދަޢުރުގެ 142 ވަނަ ބައްދަލުވުމުން އުޞޫލްތަކަށް ގެނެސްފައިވާ ބަދަލުތައް ތިރީގައި މިވަނީއެވެ.

ގއ. ކޮނޑޭއިން ދަނޑުބިން ދޫކުރުމާބެހޭ އުޞޫލުގެ 5 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާޙް ކުރުން:

  1. (ރ)

މި ގިންތީގެ ދަށުން ދޫކުރެވޭ ދަނޑުބިންތައް ދޫކުރެވޭނީ ގިނަވެގެން މީލާދީ 35 (ތިރީސް ފަހެއް) އަހަރު ދުވަހަށެވެ.

ގއ. ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ ޖަދުވަލު 1 އަންނަނިވި ގޮތަށް އިސްލާޙް ކުރުން:

(ހ)

ގޯއްޗަށް އެދި ހުށަހަޅާ މީހާގެ އަނބިމީހާ / ފިރިނމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވުން.

100-

1.1.5 (ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ/ ފިރިނމީހާއަށް ހިބައިން ނުވަތަ ތަރިކައިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވީނަމަވެސް ޕޮއިންޓް އުނި ނުކުރެވޭނެއެވެ. އަދި ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ރޯހައުސްއެއް ނުވަތަ ފުލެޓެއް ލިބިފައި ވީނަމަވެސް ޕޮއިންޓެއް އުނި ނުކުރެވޭނެއެވެ.)

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2024
ހޯދާ