ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެމް.ޑީ ކެބިން އަދި ބޯޑު މީޓިންގރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ އެމް.ޑީ ކެބިން އަދި ބޯޑު މީޓިންގރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިކުންފުނިން އެސްޓީއޯ އެމް.ޑީ ކެބިން އަދި ބޯޑު މީޓިންގރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މަސައްކަތް:           މި ކުންފުނިން ދޭ ކުރެހުން އަދި ބީއޯކިއު އާ އެއްގޮތަށް އެސްޓީއޯ އެމް.ޑީ ކެބިން އަދި ބޯޑު މީޓިންގރޫމް މަރާމާތު ކުރުމުގެ މަސައްކަތް ކުރުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީކުރަން ބޭނުންފުޅުވާ ބޭފުޅުން 2015 އެޕްރީލް 19 ވާ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް (ސީޑީ) ދޫކުރާނީ 2015 އެޕްރީލް 20 ވާ ދުވަހުގެ 09:00-16:00 އާ ދެމެދު އެސްޓީއޯ ހެޑްއޮފީހުގެ ރިސެޕްޝަނުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 އެޕްރީލް 21 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 އެޕްރީލް 26 ވާ ދުވަހުގެ 14:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށްް 2015 އެޕްރީލް 30 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 މޭ 05 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ އެސްޓީއޯ ހެޑްއޮފީހުގައެވެ.

މަޢުުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:  3012402 ، 3344180

ފެކްސް:  3344633

އީމެއިލް: [email protected]

13 އޭޕްރިލް 2015
ހޯދާ