ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
12 ލައިޓް ޕޯސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

     

 މި އިދާރާއިން ދީފައިވާ ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި 12 ލައިޓް ޕޯސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 31 ޑިސެމްބަރ 2023 ގައި ކޮށްފައިވާ ނަންބަރ C-381/IUL-2023/92 ޢިއުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީވެ،  އެއަންދާސީ ހިސާބު ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 ފެބްރުއަރީ 2024 އިން 19 ފެބްރުއަރީ 2024 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް އޮންލައިންކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެއެވެ.
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ފޯން : 9781899

- އީމެއިލް: [email protected]

12 ފެބުރުވަރީ 2024
ހޯދާ