މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީތަކަށް ނ. ޅޮހި އިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު – 2024

 

ތަޢާރުފާއި ނަން

1.

(ހ)

 މި އުޞޫލަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (މ) ގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް ހިންގުމަށްޓަކައި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި އެކި ބޭނުންތަކަށް ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ބިންތައް ދޫކުރުމުގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލް އިދާރާއިން ޢަމަލުކުރާނޭ ގޮތުގެ އުޞޫލު ބަޔާންކުރުމުގެ ގޮތުން އެކުލަވާލެވޭ އުޞޫލެކެވެ.

 

 

(ށ)

މި އުޞޫލަށް ކިޔާނީ، " ސިޔާސީ ޕާޓީތަކަށް ނ. ޅޮހިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އެވެ.

މަޤްސަދު

2.

(ހ)

 މިއީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 25000 (ފަންސަވީސް ހާސް) މީހުން ހަމަވާ ސިޔާސީ ޕާޓީތަކުން ޕާޓީއެއްގައި ޅޮހި ރައްޔިތުންގެ ތެރެއިން  އެޕާޓީއެއްގެ ދަފްތަރުގައި މަދުވެގެން 100 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ޙަރަކާތް ހިންގުމަށް، ޕާޓީގެ އިދާރީ އޮފީސް/ހަރުގެ ހެދުމަށް އެދި ހުށައަޅާ ސިޔާސީ ޕާޓީތަކަށް މިލަދުންމަޑުލު ދެކުނުބުރީ ޅޮހިން ބިން ދޫކުރުމަށް ހެދިފައިވާ އުޞޫލެކެވެ. 

ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ކަނޑައެޅުން

3.

(ހ)

ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށް ނ.ޅޮހި ކައުންސިލްގައި އެދިއްޖެނަމަ އެ ސިޔާސީ ޕާޓީއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނ. ޅޮހި ލޭންޑް ޔޫސް ޕްލޭން ގައި ކޮމާޝަލް ޔޫސްއަށް ނުވަތަ ނޮން ރެސިޑެންސިއަލް ބިމުގެ ގޮތުގައި ކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ބަނދަރު ސަރަޙައްދުގައި ވާ ބިންތައް ފިޔަވާ ކައުންސިލުން ކަނޑައަޅާ ބިމެކެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލުން ދޫކުރާ ބިންތަކުގެ ސައިޒް 2,000 (ދެހާސް) އަކަފޫޓައްވުރެ ބޮޑުވެގެން ނުވާނެއެވެ.

(ނ) ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނ.ޅޮހި ލޭންޑްޔޫސް ޕްލޭންގައި ބަޔާންކޮށްފައިއެވާ މިމާއްދާގެ (ހ) ގައި އެވާ ބިންތަކުގެ ތެރެއިން ދެ (2) ބިމެވެ.

ރ)

ކައުންސިލުން ބިން ދޫކުރުމުގައި ޢަމަލުކުރާނޭ ހަމަތައް

4.

(ހ)

ސިޔާސީ ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތަކާއި ގުޅިގެން ކައުންސިލްގެ ފަރާތުން ބިން ދޫކުރާނީ، އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް ތައްޔާރުކުރެވޭ ކްރައިޓީރިއާއިން އެންމެ މަތިން ޕޮއިންޓް ލިބޭ ޕާޓީތަކަށް އިސްކަން ދީގެންނެވެ.

އަދި ބިންދޫކުރުމުގައިވެސްމަތިން ޕޮއިންޓް ލިބުން ޕާޓީއަކުން ބޭނުންވާ ޕްލޮޓެއް ނެގުމުގެ އިޙްތިޔާރު ލިބިދެވޭނެއެވެ. 

 

 

 

  1. ބިން ހޯދުމަށް އެދި ހުށަހަޅާ ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ތެރޭގައި ނ. ޅޮހި ރަށްވެހިން ހިމެނޭ ފަރާތްތަކުގެ ނިސްބަތް؛

 

 

 

  1. ބިން ހޯދުމަށް އެދި ހުށަހަޅާ ޕާޓީގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން 25000 (ފަންސަވީސް ހާސް) މެންބަރުންނަށްވުރެ އިތުރަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ އަދަދު؛

 

 

 

  1. ބިން ހޯދުމަށް އެދި ހުށަހަޅާ ޕާޓީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނު ތާރީޚުން ފެށިގެން ހުށަހެޅުން ކައުންސިލަށް ލިބުމާއި ހަމައަށް ހޭދަވެފައިވާ މުއްދަތު؛

 

 

(ށ)

މި އުޞޫލުގެ ދަށުން ދިވެހިރާއްޖޭގެ އިލެކްޝަން ކަމިޝަނުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ދޫކުރެވޭނީ 1 (އެކެއް) ބިމެވެ. 

 

 

 

 

ބިން ހޯދުމަށް ޕާޓީތަކުން އެދުން

5.

(ހ)

މި އުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ހޯދުމަށް އެދޭނީ ސިޔާސީ ޕާޓީ ތަކުން ކުއްޔަށް ބިން ހޯދުމަށް އެދޭ ރަސްމީ ސިޓީއެއް ހުށައެޅުމާއެކު ކައުންސިލުން އެކަމަށް ކަނޑައަޅާ ހާއްސަ ފޯމު ފުރިހަމަކޮށް އެ ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކަކާއި އެކު ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލަށް ލިބޭ ހުށަހެޅުންތަކާއި ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު ބިން ދޫކުރުމާއި ގުޅޭގޮތުން ކައުންސިލުން ގިނަވެގެން ސަރުކާރު ބަންދު ނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި، ބިން ދޫކުރުމާއި ގުޅޭގޮތުން ނިންމި ގޮތް އެ ހުށަހެޅި ސިޔާސީ ޕާޓީއަށް ލިޔުމުން އަންގަންވާނެއެވެ.

ބިން ހޯދުމަށް އެދި ހުށަހަޅާ ސިޔާސީ ޕާޓީތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް

6.

މި އުޞޫލުގެ ދަށުން ކައުންސިލުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިން ހޯދުމަށް އެދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.

 

(ހ)

އިލެކްޝަންސް ކޮމިޝަންގައި ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާޓީއަކަށް ވުމާއިއެކު، އެއްވެސް ސަބަބަކާއި ހުރެ އުވާލުމާއި ގުޅޭ އެއްވެސް މަސައްކަތެއް އެ ކޮމިޝަނުން ކުރަން ފަށާފައިވާ ޕާޓީއެއް ކަމުގައި ނުވުން؛

 

(ށ)

އިލެކްޝަންސް ކޮމިޝަންގައި ބެލެހެއްޓޭ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި މަދުވެގެން 25000 (ފަންސަވީސް ހާސް) މެންބަރުން ހަމަވާ ޕާޓީއަކަށް ވުން؛ އަދި

 

(ނ)

ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ނ. ޅޮހީގެ ރަށްވެހިންގެ ތެރެއިން 100 މީހުން ހިމެނޭ ޕާޓީއަކަށް ވުން.

ދޫކުރެވޭ ބިމަށް ކުލި ނެގުން

7.

މި އުޞޫލުގެ ދަށުން ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ކޮންމެ ބިމެއްވެސް ދޫކުރެވޭނީ ކުއްޔަށްދިނުމުގެ އުޞޫލުން، އަކަފޫޓަކަށް -/30ލ (ތިރީސް ލާރި) ގެ ނިސްބަތުން ކޮންމެ މަހަކު ބިން ދޫކުރެވޭ ޕާޓީއިން ކައުންސިލަށް ކުލި ދައްކާ ގޮތަށެވެ. މިއުސޫލުގެ ދަށުން ކަނޑައެޅޭ އަކަފޫޓުގެ ކުލީގެ ރޭޓު، ޤައުމުގެ އިޤްތިޞާދަށާއި ޙާލަތަށް އަންނަ ބަދަލާއި، ޢާންމު ދިރިއުޅުމާއި ތަކެތީގެ އަގުތަކަށް އަންނަ ބަދަލާއި ރަށުގެ ބިމުގެ ޑިމާންޑަށް ބަލާ ރިވިއުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ބިން ދޫކުރެވޭ މުއްދަތު

8.

(ހ)

މި އުޞޫލުގެ ދަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރެވޭނީ ގިނަވެގެން 10 (ދިހަ) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް އެދި ބިން ދޫކުރެވިފައިވާ ޕާޓީގެ ފަރާތުން ކައުންސިލަށް ލިޔުމުން ހުށަހެޅުމުން، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަލުން އެބިމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ބިން ދޫކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުން

9.

(ހ)

މި އުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާއި ގުޅިގެން ކައުންސިލުން އެ ޕާޓީއަކަށް ބިން ދޫކުރުމަށް ނިންމޭ ނިންމުކާއި ގުޅިގެން ބިން ޕާޓީއާއި ހަވާލުކުރަންވާނީ، ކައުންސިލާއި ބިން ދޫކުރެވޭ ޕާޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި ބިން ދޫކުރުމުގެ ގޮތުން ކައުންސިލާއި ބިން ދޫކުރެވޭ ޕާޓީއާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމުގައި އަންނަނިވި ޝަރުޠުތައް ކައުންސިލުން ހިމަނަންވާނެއެވެ.

 

 

 

  1. ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ތަރަޙައިގެ ތެރޭގައިކަމާއި ބިމުގައި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރުން؛

 

 

 

  1. ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިމުގައި ރަށުގެ ޢާންމު މަސްލަޙަތު ގެއްލޭފަދަ ކަންކަމާއި، އާންމު ރައްޔިތުންނަށް އުނދަގޫ ވާފަދަ ކަންކަން ނުކުރުން؛

 

 

 

  1. ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިމުގައި، އިސްލާމް ދީނާއި ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ކަމެއް ނުވަތަ ޝިއާރެއް ބޭނުން ނުކުރުން؛

 

 

 

  1. ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިމުގައި، ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ހީނަރުކަން ލިބިދާނެ ފަދަ، ނުވަތަ ބޭރު ޤައުމަކާއި ގުޅޭގޮތުން ނުވަތަ އެފަދަ ޤައުމަކަށް ނިސްބަތްވާ ރައްޔިތުންނާއި މެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭ ޒާތުގެ އެއްވެސް ކަމެއް ނުކުރުން؛

 

 

 

  1. ސިޔާސީ ޕާޓީއަށް ދޫކުރެވޭ ބިން، ނުވަތަ ބިމުން ބައެއް ނަމަވެސް، އިތުރު ތިންވަނަ ފަރާތަށް ކުއްޔަށް ނުދެވޭނެކަމާއި އަދި އެއްވެސް ސިފައެއްގައި ވިޔަފާރީގެ ބޭނުމަށް ބިން ބޭނުން ނުކުރެވޭނެ ކަން؛
  2. ސިޔާސީ ޕާޓީތަކަށް ދޫކުރާ ބިންތަކުގައި ޙަރަކާތްތައް ބޭނުންވާ ތަކެތި ހަމަކޮށް ޢިމާރާތް/ޖަގަހަ ހެދުމަށްފަހު ބިން ދޫކުރާތާ 6 (ހައެއް) މަސްދުވަސްތެރޭގައި ޙަރަކާތްތައް ހިންގަން ފެށުން
  3. ސިޔާސީ ޕާޓީތަކަށް ދޫކުރާ ބިމުގައި އެއްވެސް ޙާލަތެއްގައި ބިން ބެލެހެއްޓުމެއްނެތި 6 މަސްދުވަހުގެ  މުއްދަތެއް ފާއިތުވެއްޖެނަމަ އެބިން އަނބުރާ ނެގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

 

  1. މި އުޞޫލުގައި ނުވަތަ ކައުންސިލާއި ބިން ދޫކުރެވޭ ޕާޓީއާއި ދެމެދު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާ އެއްވެސް ކަމަކާއި ބިން ދޫކުރެވޭ ޕާޓީން ޚިލާފުވެއްޖެނަމަ، އެއްބަސްވުން ބާޠިލުކޮށް ބިން އަނބުރާ ކައުންސިލަށް ނެގޭނެކަން؛ އަދި

 

 

 

  1. މި އުޞޫލަކީ، އެކި ފަހަރު މަތިން މި އުޞޫލަށް ގެނެވޭ އިސްލާޙުތައް ހިމެނޭގޮތުން، ބިން ދޫކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެއްގެ ބައެއްކަން.

ދޫކުރެވިފައިވާ ބިން އަތުލުން

10.

އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސިޔާސީ ޕާޓީއަކަށް ދޫކުރެވިފައިވާ ބިން ދޫކުރުމަށް ވެވިފައިވާ އެއްބަސްވުން ބާޠިލުކޮށް ކައުންސިލަށް ބިން އަނބުރާ ނެގިދާނެއެވެ.

 

 

(ހ)

ކައުންސިލާއި ބިން ދޫކުރެވޭ ޕާޓީއާއި ދެމެދު ވެވޭ އެއްބަސްވުމާއި ބިން ދޫކުރެވޭ ޕާޓީއިން ޚިލާފުވުން؛

 

 

(ށ)


(ނ)

(ރ)

 

 

 

 

 

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ، ސަރުކާރުގެ ބޭނުމަށް ބިން ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރިވުން؛

ދޫކުރެވިފައިވާ ބިމުގައި ސިޔާސީ ހަރަކާތްތައް ނުހިނގާތާ މީލާދީގޮތުން 1 އަހަރު ދުވަސް ހަމަވުން؛
(ބ) އިލެކްޝަން ކޮމިޝަނުގައި އޮންނަ ޕާޓީގެ މެމްބަރުންގެ ދަފްތަރު ގައި 10،000 މެމްބަރުންނަށް ވުރެ މަދުވެއްޖެނަމަ، ނުވަތަ އެކަން އިލެކްޝަން ކޮމިޝަނުން އަންގައިފިނަމަ 10،000 މެމްބަރުން ހަމަކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހުވެސް އެއަދަދު ހަމަނުވުން؛

ސިޔާސީ ޕާޓީތަކަށް ދޫކުރެވިފައިވާ ބިން އެކަށީގެންވާ މިންވަރަށް ބެލެހެއްޓުމެއް ނެތި މީލާދީ ގޮތުން 6 މަސް ދުވަސް ހަމަވުން؛

މާނަކުރުން

11.

މި އުޞޫލުގައި އެހެންގޮތަކަށް ބަޔާންކުރެވިފައިނުވާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވާނީ، އަންނަނިވި މާނަކުރުމެވެ.

 

 

(ހ)

މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލް އިދާރާއަށެވެ.

 

 

(ށ)

މި އުޞޫލުގައި "ސިޔާސީ ޕާޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ ދަށުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކުރެވިގެން ހިންގޭ، އަދި އިލެކްޝަންސް ކޮމިޝަންގައި ބެލެހެއްޓޭ އެ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި މަދުވެގެން 25000 (ފަންސަވީސް ހާސް) މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.

 

 

(ނ)

މި އުޞޫލުގައި "އިލެކްޝަންސް ކޮމިޝަން" ކަމަށް ބުނެފައި އެވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 167 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވިފައިވާ އިލެކްޝަންސް ކޮމިޝަނަށެވެ.

ޢަމަލުކުރަން ފެށުން

12.

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއުޢުކުރާ ދުވަހުން ފެށިގެންނެވެ.

 

------------------------------

14 ފެބުރުވަރީ 2024
ހޯދާ