ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބިދޭސީ މެޑިކަލް ލެބޯރެޓަރީ ޓެކްނީޝަނުންގެ ބަދަލްގައި ދިވެހި މެޑިކަލް ލެބޯރެޓަރީ ޓެކްނީޝަނުން ހޯދުން

ހއ އަތޮޅު ހޮސްޕިޓަލާއި، ހއ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

މެޑިކަލް ލެބޯރެޓަރީ ޓެކްނީޝަން

މަޤާމުގެ ނަމްބަރު:

-

ބޭނުންވާ އަދަދު:

02 (ތިނެއް) – ހއ އަތޮޅު ހޮސްޕިޓަލް

 01 (އެކެއް) – އާމިނާދިޔޯ ހެލްތުސެންޓަރ

01 (އެކެއް) – ހއ ފިއްލަދޫ ޞިއްޙީ މަރުކަޒު

01 (އެކެއް) – ހއ ބާރަށު ޞިއްޙީ މަރުކަޒު

01 (އެކެއް) – ހއ ތަކަންދޫ ޞިއްޙީ މަރުކަޒު

01 (އެކެއް) – ހއ ހޯރަފުށި ޞިއްޙީ މަރުކަޒު

01 (އެކެއް) – ހއ ކެލާ ޞިއްހީ މަރުކަޒު

01 (އެކެއް) – ހއ އުލިގަމު ޞިއްޙީ މަރުކަޒު

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހއ އަތޮޅު ހޮސްޕިޓަލް އަދި ހއ އަތޮޅުގެ ޞިއްހީ މަރުކަޒުތައް

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޯޕީޑީއާއި އައިޕީޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތައް ބަލައިގަތުމާއި އައިޑެންޓިފިކޭޝަންތައް ޗެކްކުރުން
  2. ކުރަންޖެހޭ ތަޙްލީލުތަކުގައި ލަފާ ހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ ، ބަލިމީހާއަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލާމާތު ސާފުކޮށްދިނުން..
  3. ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓުތައް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރ އާއި އެއްގޮތަށް ޕްރޮސެސްކުރުމާއި ޓެސްޓުތައް ފުރިހަމަކުރުމާއެކު ، ރިޕޯޓްތައް ނިންމުމަށް ކަނޑައެޅިފައިވާ ގަޑިއަށް ތައްޔާރުކުރުން..
  4. ރެޖިސްޓްރީތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށް ލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮމްޕިއުޓަރ ސިސްޓަމަށް އެންޓަރ ކޮށް ބެލެހެއްޓުމާއި ޓެސްޓް ނަތީޖާއާއި ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުން..
  5. ޚާއްޞަ ލެބޯޓްރީ ޓެސްޓުތައް ކުރުމާއި ކުރެވޭ ޓެސްޓުތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރުން
  6. ޙަވާލުކުރެވިފައިވާ ސެކްޝަނެއްގައި ކުރެވޭ ޓެސްޓުތަކުގެ ކޮލިޓީ ކޮންޓްރޯލް ޗެކްކުރުމާއި ، ރެކޯޑްސްތައް ބެލެހެއްޓުން.
  7. ޙަވާލުކުރެވިފައިވާ ސެކްޝަނުގައި ކުރާ ޓެސްޓުތައް ކުރުމަށް ބޭނުންކުރެވޭ ކޮންސިއުމަބްލްސް، ރިއެޖެންޓްސްއާއި ކެމިކަލްސްގެ ސްޓޮކް ބެލެހެއްޓުމާއެކު އެއްވެސް އެއްޗެއް ހުސްވުމުގެ ކުރިންނާއި އެކްސްޕަޔާރ ވުމުގެ ކުރިން ދުވަސްއޮއްވާ އިސްފަރާތަށް އެންގުން..
  8. ލެބޯޓްރީގެ މަސައްކަތްކުރާ މާޙައުލު އެކުވެރިކޮށް ބޭއްވުމާއެކު ލެބޯޓްރީ ސާފުތާހިރުކޮށް ބޭއްވުމަށް މުވައްޒަފުންނަށް އަންގާ އެކަން ބެލެހެއްޓުން.
  9. ލެބޯޓްރީގެ އެކި ސެކްޝަންތަކުގައި ބެހެއްޓިފައިވާ މެޝިންތަކާއި އިކްއިޕްމަންޓްތައް ޑެއިލީ މެއިންޓެނަންސް ހެއްދުމާއި،ހަފްތާއަކު އެއްފަހަރު ހަދަންޖެހޭ މެއިންޓެނަންސް ހެދިތޯބަލާ އޭގެ ރެކޯޑްސްތައް ބެހެލެއްޓުމާއި މިއިން އެއްޗަކަށް ގެއްލުމެއް ވެފައިވާނަމަ އިސްފަރާތަކަށް އެންގުމާއެކު ބަޔޯމެޑިކަލްސް އަށް އެންގުން

10. ލެޔާއި ހަށިގަނޑުގެ ތަފާތު ދިޔައިންނާއި އެހެނިހެން ސާމްޕަލްތަކުން ފަސޭހަކަމާއެކު ބަލިޖެހިދާނެ މާޙައުލެއްކަން ދަނެގެން ތިމާއާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ރައްކާތެރި ކަމަށް ސަމާލުވެ ކަނޑައެޅިފައިވާ ޤަވާޢިދެއްގެ މަތިން މަސައްކަތުގައި ޙަރަކާތްތެރިވުން

11. ލެބޯޓްރީއާއި މެދު ބަލިމީހުން /ބަލަދުވެރިޔާ ނުވަތަ އެހެނިހެން ފަރާތަކުން ކުރާ ޝަކުވާބަލާ ޙައްލުކުރެވޭނަމަ ޙައްލުކޮށް އެކަން ވެރިފަރާތަށް އެންގުން

12. ލެބޯޓްރީ ޓެސްޓުތަކުގެ ނަތީޖާ ކޮންމެހެން އެނގެންޖެހޭ ފަރާތް ( ތައް) ފިޔަވާ އެހެން ފަރާތަކަށް އަންގާ އާއްމު ނުކުރުން.

13. ބޭނުންވާ ހިނދެއްގައި ޝިފްޓް ޑިއުޓީއާއި އިމަރޖެންސީ ޑިއުޓީއަށް ނިކުތުން. މީގެ އިތުރުން ލެބޯޓްރީގެ ދާއިރާގައި ހަވާލު ކުރައްވާ އިތުރު ކަންތައްތައް ކުރުމާއި ބެލެހެއްޓުން.

މަޤާމުގެ މުސާރަ:

-/10072 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/4700 ރުފިޔާ

ހާޒިރީ އިނާޔަތް:

-/127 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް)

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 5

 

މަޤާމުގެ ޝަރުތު:

 

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް:

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ބަޔޯމެޑިކަލް ސައެންސް  
  • ކްލިނިކަލް ލެބޯޓްރީ ސައެންސް  
  • ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ  
  • ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ  
  • މެޑިކްލް ލެބޯޓަރީ ސައެންސް  
  • މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ  
  • މެޑިކަލް ސައިންސް  
  • މެޑިކަލް ޓެކްނޮލޮޖީ 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

މެޑިކަލް ލެބޯރެޓަރީ ސަރވިސަސް

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ހޮސްޕިޓަލްގެ އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. )

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް  އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

 

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ  މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

 

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

އެމް އެސް 1 ، އެމް އެސް 2

އަސާސީ ޝަރުތު ފުރިހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް ( އިމްތިހާން ނުވަތަ ޕްރެކްޓިކަލް )

20

އިންޓަރވިއު

35

މި މަޤާމަށް އައްޔަން ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 ( ފަސްދޮޅަސް ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 21 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހއ އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލްސް) އޮންނާނީ،  25 ފެބުރުވަރީ 2024 ން 25 މާރިޗު 2024 އާ ދެމެދު ހއ އަތޮޅު ހޮސްޕިޓަލްގައެވެ.

 ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއު، އެސެސްމަންޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6500093އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

13 ފެބުރުވަރީ 2024
ހޯދާ