މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Islamic University of Technology (IUT) Programs 2023-2024 / Bangladesh (OIC)

 Islamic University of Technology (IUT) Programs 2023-2024 / Bangladesh (OIC)

ޤައުމު: ބަންގްލަދޭޝް

 ބެޗްލަރސް ޑިގްރީ

 މާސްޓަރސް ޑިގްރީ

 ޑޮކްޓޯރަލް ޑިގްރީ 

ކޯހުގެ ލެވެލް:

 މި ސްކީމްގެ ދަށުން އޮފަރ ކުރާ ކޯސްތައް އެނގޭނެ ލިޔުން މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް   ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު https://admission.iutoic-dhaka.edu/international-students އިން   ލިބެން ހުންނާނެއެވެ.

ކޯހުގެ ދާއިރާ:

ބެޗްލަރސް ޑިގްރީ

ބެޗްލަރސް އޮފް ސައިންސް އިން އިންޖިނިއަރިންގ އަދި ބީ.ބީ.އޭ ގެ ޝަރުތުތައް

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި މެތްމެޓިކްސް މި 03 މާއްދާއިން 'ބީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި މީގެއިތުރުން ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 02 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް  ޙާސިލުކުރައްވާފައިވުން.

2. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި މެތްމެޓިކްސް މި 03 މާއްދާއިން "ބީ" އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކުރައްވާފައިވުން.

3. އިނގިރޭސި ފާހެއް ޙާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 5.5 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

ބެޗްލަރސް އޮފް ސައިންސް އިން ޓެކްނިކަލް އެޑިޔުކޭޝަންގެ ޝަރުތުތައް

1. ގުޅޭ ދާއިރާއަކުން 3 އަހަރުގެ ޑިޕްލޮމާއެއް ނުވަތަ އެއާއި އެއްފެންވަރުގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން

މާސްޓަރސް ޑިގްރީ

1. ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލްކޮށްފައިވުން

2. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީ ވެބްސައިޓްގައި އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން.

ޑޮކްޓޯރަލް ޑިގްރީ 

1. ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާސިލްކޮށްފައިވުން

2. އެދޭ ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީ ވެބްސައިޓްގައި އިތުރު ޝަރުތެއް ކަނޑައަޅާފައިވާނަމަ އެޝަރުތެއް ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2.އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. އެޕްލިކޭޝަން ފޯމް.

5. މެޑިކަލް ރިޕޯޓް (ނޮމިނޭޓް ވުމުން ހުށައެޅުމަށް).

6. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ވެބްސަޓުގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

8. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

9. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެނަދާނެ ކަމަށް ބަޔާކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

- މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ދޭ ޚަރަދުތަކުގެ ތަފްޞީލް މިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.  

- މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ޔުނިރވަސިޓީ ވެބްސައިޓް https://admission.iutoic-dhaka.edu/international-students މެދުވެރިކޮށް 21 ފެބުރުވަރީ 2024 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަންވާނެއެވެ. އަދި އޮންލައިން އެޕްލިކޭޝަން ފޯމް، މެޑިކަލް ރިޕޯޓް އަދި އެޓެސްޓެޑްކޮށްފައިވާ ލިޔުންތަކުގެ ހާރޑް ކޮޕީ 21 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.  އެޕްލިކޭޝަން އާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި:  19 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026950 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

13 ފެބުރުވަރީ 2024
ހޯދާ