ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ޑޭޓާބޭސް އެއް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ:

      މި މިނިސްޓްރީގެ ކޭސް މެނޭޖްމަންޓް އަދި އިބަމައިގެ ވަލްނަރަބިލިޓީ މެޕިންގެ މަޢުލޫމާތު ރައްކާތެރިކަމާއިއެކު އެއްތަނަކުން ފެންނާނޭގޮތް ހެދުމަށްޓަކައި ޑޭޓާބޭސް އެއް ތައްޔާރު ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ޑޭޓާބޭސް ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 18 ފެބްރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.gle/F4w6faxcLPiffXWK8

 

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

21 ފެބްރުވަރީ 2024

ބުދަ

11:00

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

13 ފެބުރުވަރީ 2024
ހޯދާ