ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

                  މި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 225-ATSS/225/2024/5(IUL) (29 ޖަނަވަރީ 2024)  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ބައެއް ޕްރޮޕޯސަލްތަކުގެ އަގަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑުއަގެއްކަމުގައިވުމާއި ޕްރޮޕޯސަލާއެކު ހުށަހަޅާންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ ޕްރޮޕޯސަލްތައް ވަނީ  ބާޠިލްވެފައެވެ. އެހެންކަމުން ހއ. އަތޮޅުގައި ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯސް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.  

                  މި ކޯސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 2024 ފެބްރުވަރީ 22 އާއި މާރިޗު 7 އާއި ދެމެދުގެ މުއްދަތެއްގައި ކަމުގައި ދެންނެވީމެވެ. މި ކޯސް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯސަލް މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް އޮންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި، ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024 ފެބުރުވަރީ 20 ވަނަ ދުވަހުގެ 12:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                  އަދި ދަންނަވަމެވެ. ޕްރޮޕޯސަލް މިންކުރުމުގައި ހއ. އަތޮޅުގައި ޑައިވިންގ ކޯސް ހިންގާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޑައިވިންގ ކޯހާއި ގުޅޭގޮތުން މައުލޫމާތު ދިނުން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހު 10:00 ގައި މިކައުންސިލްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.   

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2024
ހޯދާ