މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން

                                                         ނަންބަރު:(IUL)307/INDIV/2024/23

އިޢުލާން

2024ވަނަ އަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން

މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީއާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މަސައްކަތް ކޮށްދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވާތީ، ތިރިގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

1-         މަޤާމް:              ޕޫލް އިމާމު

    ފެންވަރު ނުވަތަ ޝަރުތު: ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއި ގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ހާސިލްކޮށްފައިވުން.

    އުޖޫރަ:            ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 ( ފަސްދޮޅަސް އެއް ރުފިޔާ)

 

2-            މަޤާމް:            ޕޫލް މުދިމު

    ފެންވަރު ނުވަތަ ޝަރުތު: ރީތިކޮށް ބަންގި ގޮވަން އެނގުމާއި ރީތިކޮށް ޤުރުއާން ކިޔަވަން އެނގުން.

    އުޖޫރަ:            ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/53 ( ފަންސާސް ތިން ރުފިޔާ)

 

3-         މަޤާމް:             ޕޫލް މަސައްކަތު

    ފެންވަރު ނުވަތަ ޝަރުތު: އަސާސީ ސަރުތު / ލިޔަންކިޔަން އެނގުން

    އުޖޫރަ:            މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް  -/45 ( ސާޅިސް ފަސް ރުފިޔާ)

 

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 21 ފެބުރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުއަރީ 2024

13 ފެބުރުވަރީ 2024
ހޯދާ