އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ ކުޑަދޮރުތަކުގައި ސްޓިކާ ތަތްކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ ކުޑަދޮރުތަކުގައި ސްޓިކާ ތަތްކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2024
ހޯދާ