މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މިނިސްޓްރީގެ އެކިއެކި ޙަފްލާތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޭޓަރިންގ ޚިދުމަތް ދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މިނިސްޓްރީގެ އެކިއެކި ޙަފްލާތަކަށް 1 އަހަރު ދުވަހުގެ މުއްދަތަށް ކޭޓަރިންގ ޚިދުމަތް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. 

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ތަން

މައުލޫމާތު ސާފުކުރެއްވުން

20 ފެބްރުވަރީ 2024

އަންގާރަ

09:00

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޯމޭޝަން އެންޑް އާޓްސް

(ސޯޝަލް ސެންޓަރ)

 

އަންދާސީ ހިސާބު ހުށައެޅުއްވުން

28 ފެބްރުވަރީ 2024

ބުދަ

08:30

13 ފެބުރުވަރީ 2024
ހޯދާ