މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލޭ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދު ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން

އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މިވުޒާގެ ފަރާތުން  ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން އުޅަނދުގެ ވެރިފަރާތުން ރަޖިސްޓަރީ ބާޠިލްކޮށް އުޅަނދު ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެ އުޅަނދެއް ނައްތާލެވޭނެފަދަ ޕްރޮގްރާމެއް 13 ފެބްރުވަރީ 2024 އިން 04 މާރިޗް 2024 ގެ ނިޔަލަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

 

 ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ޚާއްސަކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު 04 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށާއި އަދި މީގެ އިތުރުން މިފަދައިން އެދޭ ފަރާތްތަކުގެ ފޯރމްތައް މި ވުޒާރާގެ ރިސެޕްޝަނުންވެސް ބަލައިގަންނާނެކަމުގައި ދަންނަވަމެވެ. މި ޕްރޮޤްރާމްގައި ބައިވެރިވުމަށް އެދިލައްވާ ކުންފުނިތަކުން މި ފޯމާއެކު ބޯޑް ރިސޮލިއުޝަން ހުށަހަޅަންވާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފޯމް މި ވުޒާރާގެ ވެބްސައިޓްއިން  https://www.transport.gov.mv/ ޑައުންލޯޑުކުރެވޭނެކަމުގައިވެސް ދެންނެވީމެވެ.  

13 ފެބުރުވަރީ 2024
ހޯދާ