ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކޮމިޓީއެއް އެކުލަވާލުން

50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކޮމިޓީއެއް އެކުލަވާލުން:

ކޮނޑޭގައި 2 ވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކަމަށް ތައްޔާރު ވުމުގެ ގޮތުން 15 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ކައުންސިލްގެ 04 ވަނަ ދަޢުރުގެ 141 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަދި މިކޮމިޓީގައި ޢާންމު ރައްޔިތުންގެ ތެރެއިން 10 މެމްބަރުން ހިމެނުމަށް ކައުންސިލުން  ނިންމާފައިވާތީ މި ކޮމިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދަން ބޭނުންވެއެވެ.

ވީމާ، ކޮނޑޭގެ 50 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން އެކުލަވާލާ ކޮމިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރައްވައި ޝައުޤުވެރިކަން ފާޅު ކުރެއްވުން އެދެމެވެ.

13 ފެބުރުވަރީ 2024
ހޯދާ