މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނިވެރިންގެހިޔާ ޢިމާރާތްކޮށްދޭނެ ފަރާތެއްހޯދުމަށް

މިކައުންސިލްއިން ދޭކުރެހުމަކާއި އެއްގޮތަށް އެސް.ޓީ.އޯ ފާމަސީގެ އިރުމަތީފަރާތުގައި ބެލެނިވެރިންގެހިޔާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޮންޓްރެކްޓަރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

         1 ކޮންކުރިޓް އެންމެހައި މަސައްކަތް (ފައުންޑޭޝަން ތަނބު މަތީބެރި).

         2 ރޭނުމާއި ސިމެންތި ޖެހުމާއި، ތަޅުންއެޅުމުގެ މަސައްކަތް.

         3 ހިޔާކުރުމާއި ސީލިންގް އަދި ފިނިޝިންގެ އެންމެހާ މަސައްކަތް.   

            ވީމާ، މިމަސައްކަތް  އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަހު 13.00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ބެލެނިވެރިންގެހިޔާ އިމާރާތްކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިއެސްޓިމޭޓްގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

10%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

ތަޖުރިބާ

10%

v     ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް )

 

 2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

 

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2024
ހޯދާ