ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިޔަރ އޮފިސަރ (ކޮލިޓީ އެންޑް ސޭފްޓީ)

އިޢުލާން ނަންބަރު:   HMH | IUL | 2024 |024                                                                          

12 ފެބްރުއަރީ 2024  

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް: ކޮލިޓީ އެންޑް ސޭފްޓީ  

މަޤާމުގެ ގިންތި: ވަގުތީ (6 މަސް)

 

ތަޢުލީމާ ތަޖުރިބާ:

  1. މެޑިސިންގ، ނަރސިންގ، ލެބޯޓްރީ، ޕަބްލިކް ހެލްތް، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މެޑިސިންގ، ނަރސިންގ، ލެބޯޓްރީ، ޕަބްލިކް ހެލްތް، މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މިމަޤާމުގައި ޝަރުޠު، މުސާރަ އަދި އެލަވަންސް ހަމަޖެއްސުމުގައި ޢަމަލު ކުރާނީ އެމުވައްޒަފަކު ނިސްބަތްވާ ޖޮބް މެޓްރިކްސްއަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

   

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހޮސްޕިޓަލުގެ އެކި އެކި ޑިޕާރޓްމެންޓް ތަކުގެ އިސްވެރިންނާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ މަސަތްކަތުގެ ކޮލިޓީ މޮނީޓަރ ކުރުމާއި ގެންނަންޖެހޭ އިސްލާޙް ތައް ގެނައުން. 

- ބަލިމީހުން އަދި މުވައްޒަފުންގެ ޝަކުވާތަކުގެ ރެކޯރޑް ބެލެހެއްޓުމާއި އެކު ހެދިފައިވާ ޕޮލިސީ ތަކާއި އެއްގޮތައް އިސްލާހީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕްލޭނުކުރުން

-މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ އަދި ތަޢްލީމީ ޕްރޮގްރާމުތައް ރޭވުމާއި ވިލަރެސްކުރުމާއި ހިންގުމުގައި  އިސްރޯލެއް އަދާކުރުން

-  ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ހިންގޭ ހަރަކާތްތަކުގެ ރެކޯރޑް ބެލެހެއްޓުމާއެކު އިތުރު ކުރިއެރުން ގެނައުމަށް މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުން

-  އިމާރޖެންސީ ޕްލޭނިންގައި ބައިވެރިވުމާއެކު އެހީތެރިކަން ފޯރުކޮށްދިނުން

-  ޓެކްނިކަލް ސްޓާފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، މިފަދަ ތަމްރީން ޕްރޮގްރާމް ތައް ރާވާ ހިންގުމުގައި ކޮލިޓީ ޑިރެކްޓަރަށް އެހީތެރިވެދިނުން.

-   ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކާއި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކުގެ ތެރެއިން ޕޭމަންޓް ކޯޑްނެތް ޚިދުމަތްތަކަށް ކޯޑު ހެދުމުގައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ތައް ކުރުން

-  ރައްކާތެރި ނޫން ގޮތުގައި ކުރެވޭ ޕްރެކްޓިސް ތައް ބަލާ، އެކަންތައްތަކާއި ގުޅޭގޮތުން އެޅޭ އިސްލާހީ ފިޔަވަޅުތަކުގެ އައުޓްކަމް އިވެލުއޭޓް ކުރުން.

- އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްއާ ގުޅުންހުރި ސްޓްރާޓެޖީސްތައް ނެޝަނަލް ގައިޑްލައިންސް ތަކާއި އަދި ބެސްޓްޕްރެކްޓިސް އާއި އެއްގޮތަށް ހެދުމާއި ތަޢާރަފްކުރުމުގައި އިންފެކްޝަން ކޮންޓްރޯލް ކޮމިޓީއާއި ގުޅިގެން އިސްދައުރެއް އަދާކުރުން.

-  ހޮސްޕިޓަލުގެ ހުރިހާ ޑިޕާރޓްމެންޓް ތަކުގެ މަސައްކަތްތަކަކީ ހޮސްޕިޓަލްގައި ގާއިމްކުރެވިފައިވާ ސްޓޭންޑާރޑްތަކާ އެއްގޮތަށް ބައްޓަންކުރެވިގެން ކުރިއަށް ގެންދާމަސައްކަތްތަކެއްކަން ކަށަވަރުކުރުން

-  ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

 

 ކުރިމަތިލުމުގެ ސުންގަޑި: 21 ފެބުރުއަރީ 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕްރެކްޓިސިންގ ލައިސެންސް / ރެޖިސްޓްރޭޝަންގެ އަދާހަމަކޮށް އެޓެސްޓްކޮށްފައިވާ ކޮޕީ
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތު 1 ހަފްތާގެ ތެރޭގައެވެ. އެއްވެސް ސަބަބަކާ ހުރެ، އެމުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ފެބުރުވަރީ 2024
ހޯދާ